ޚަބަރު

ކައުންސިލުން މާވަށު ސުކޫލުގެ އިސްވެރިންނާއެކު ބައްދަލުން

ކައުންސިލްގެ މަސައްކަތު ތާވަލްގައި ސުކޫލާއި ގުޅިގެން ހިންގުމަށް ރާއްވަވާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މާވަށު ސުކޫލުގެ އިސްވެރިންނާއެކު ބައްދަލުން. މިއަހަރުގެ މަސައްކަތު ތާވަލްގައި ސުކޫލާ ގުޅުންހުރި ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި، މާވަށު ސުކޫލުގެ އޮފީސް އިމާރާތާއި ސްޓާފް ރޫމް އިމާރާތް ބްރިޖަކުން ގުޅުވާލުމާއި ، ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި، ސްކޫލް ލީޑަރުންނަށް ވާހަކަދެއްކުމުގެ ތަމްރީން ދިނުމާއި ، ދިވެހިބަހުގެ އަދަބީ ފޯވަހި / އަދަބީ މުބާރާތްތަކެއް ބޭއްވުމާއި ، ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުދަސްކޮށްދިނުމަށް […]

ޕްރީސުކޫލާއި ގުޅިގެން ކައުންސިލުން ކުރިޔަށްގެންދިއުމަށް ރާއްވަވާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން ޕްރީސުކޫލާއެކު މަސްވަރާކުރުން

ތުއްތު ކުދިންގެ ތައުލީމް ކުރިއެރުވުމަށް ކައުންސިލްގެ މަސައްކަތު ތާވަލްގައި ރަށުގެ ޕްރީސުކޫލާއި ގުޅިގެން ކައުންސިލުން ކުރިޔަށްގެންދިއުމަށް ރާއްވަވާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން ޕްރީސުކޫލާއެކު މަސްވަރާކުރުން ކައުންސިލްގެ މި އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ގޮތުން، ޕްރީސްކޫލް ހިންގާ ފަރާތުން ބެލެނިވެރިންގެ އަތުން ނަގަމުންދާ މަހުފީ ކައުންސިލުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ

މަސްކަނޑާތަނުގެ މިހާރުގެ ކުރެހުމަށް ބަދަލުގެނައުމާއި، މަސްކަނޑާތަނަށް އިތުރަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން ހިޔާލާއި މަސްވަރާކުރުން

ކައުންސިލުން ބަނދަރު ސަރަހައްދުގައި ގާއިމްކުރުމާ މަސްކަނޑާތަނުގެ މިހާރުގެ ކުރެހުމަށް ބަދަލުގެނައުމާއި، މަސްކަނޑާތަނަށް އިތުރަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން ހިޔާލާއި މަސްވަރާކުރުމަށް ، ރަށުގައި ފަރުމަހުގެ މަސްވެރިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއެކު ކައުންސިލުގައި ބޭއްވި ބައްދަލުވުން

މާވަށުގައި މަގުބައްތި ޖެހުމުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތްނިމި ދިއްލާލުން

ހައްދުންމަތީ މާވަށު ކައުންސިލުން އިސްކަމެއްދީގެން ރަށުގެ ބޮޑެތި މަގުތަކުގައި ޖަހަމުން ދިޔަ މަގުބައްތިތައް ޖެހުމުގެ ޢަމަލީމަސައްކަތްނިމި، މަގުތައް މިރޭ ދިއްލާލެވޭނެއެވެ. ފުރަތަމަ ފިޔަވަހީގެ ގޮތުގައި މަގުބައްތިޖަހާފައިވަނީ ރަށުގެ ބޮޑެތި މަގުތަކުގައާއި، ބޮޑަށް އަދިރިކޮށް އޮންނަ ބައެއް ސަރަޙައްދު ތަކުގައެވެ. މީގެއިތުރުން، ކައުންސިލުން ޕްރޮޕޯސަލް ހޯދައިގެން ޔޫ.އެން.ޑީ.ޕީގެ އެހީގައި މިހާރު ބާރުސްޕީޑެއްގައި ތަރައްޤީ ކުރަމުންދާ “ހޭޅިފަންނު” ސަރަޙައްދުގައި 4 ބައްތިޖަހައި، އަދި އިތުރު 2 ބައްތި މި ފިޔަވަހީގައިވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ހަވާލުކޮށްގެން ކުރިޔަށްގެންދިޔައީ މިއަހަރުގެ […]

މާވަށުކައުންސިލްގެ ލޯގޯ، ލެޓާރހެޑް، ސްޓާފްކާޑު، ސްޓާފް ޔުނީފޯމް، އިފްތިޠާހް ކުރުން

މި ފެށުނު އާއަހަރުގެ ފުރަތަމަ ހާއްސަކަމެއްގެ ގޮތުގައި، ލ.މާވަށު ކައުންސިލްގެ ލޯގޯ، ލެޓާރހެޑް، ސްޓާފްކާޑު، ސްޓާފް ޔުނީފޯމް، ތަޢާރަފުކޮށް މުވައްޒަފުންނާ ވަނީ ހަވާލުކޮށްފިއެވެ. މާވަށު ކައުންސިލްއިދާރާގެ މީޓިން ހޯލްގައި ބޭއްވި ޖަލްސާގައި ކައުންސިލްގެ ލޯގޯ، ލެޓާރހެޑް، ސްޓާފްކާޑު، ސްޓާފް ޔުނީފޯމް، އިފްޠިތާހް ކޮށްދެއްވީ ޝަރަފްވެރި މެހެމާން ލ.އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޔޫސުފު އާމިރެވެ. މި ޖަލްސާގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަދެއްކެވީ މާވަށުކައުންސިލްގެ ރައީސް އަލްފާޟިލް އަހްމަދު މޫސާއެވެ. ރައީސްގެ ވާހަކަފުޅުގައި 2022 އަހަރު […]

ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން އދ.މަހިބަދޫ، ދަނގެތި، ދިގުރަށަށް ކުރި ތަޖުރިބާ ދަތުރު ( އ.ދ ދިގުރަށް)

ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިމަހު 23 އިން 24 އަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ، ދަނގެތި އަދި ދިގުރަށަށް ކުރި ތަޖުރިބާ ދަތުރުގެ ފަހުމަންޒިލެއްގެ ގޮތުގައި 24 ވަނަދުވަހު ހެނދުނު ދަތުރުކުރީ ދިގުރަށަށެވެ. މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިރަށަށް ކުރިދަތުރަށް ދިގުރަށުގެ ރަށުކައުންސިލާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން، މާވަށުކައުންސިލްގެ ޓީމަށް ވަނީ ހޫނުމަރުހަބާއެއް ކިޔާފައެވެ. ދިގުރަށުކައުންސިލުގެ ބައްދަލުވުން ދެން ކުރިޔަށްދިޔައީ ދިގުރަށުކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީއާއެކު […]

ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން އދ.މަހިބަދޫ، ދަނގެތި، ދިގުރަށަށް ކުރި ތަޖުރިބާ ދަތުރު ( އ.ދ ދަނގެތި )

ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިމަހު 23 އިން 24 އަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ، ދަނގެތި އަދި ދިގުރަށަށް ކުރި ދަތުރުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ދަތުރުކުރީ އ.ދ ދަނގެއްޗަށެވެ.  އިރުއޮއްސުމާއި ދާދި ކުޑަތަންވެފައި ވަނިކޮށް މިރަށަށް އެރުނުނަމަވެސް ދަނގެތިކައުންސިލްގެ މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މާވަށުކައުންސިލްގެ ޓީމަށް ވަނީ ހޫނުމަރުހަބާއެއް ކިޔާފައެވެ. މާވަށުކައުންސިލުން ދަނގެއްޗަށް ކުރި މިދަތުރުގައި ދަނގެތީގައި ހުރި ފާހަގަކޮށްލެވޭ ތަންތަނަށް، ދަނގެތީގެ ކައުންސިލްގެ ބޭފުޅުންނާއެކު ގޮސް މަޢުލޫމާތު ސާފުކުރެވުނެވެ. […]

ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން އދ.މަހިބަދޫ، ދަނގެތި، ދިގުރަށަށް ކުރި ތަޖުރިބާ ދަތުރު ( އ.ދ މަހިބަދޫ )

ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިމަހު 23 އިން 24 އަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ، ދަނގެތި އަދި ދިގުރަށަށް ކުރި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހިމެނުނީ އ.ދ އަތޮޅުގެ އަތޮޅުކައުންސިލްވެސް ހުންނަރަށް ކަމަށްވާ އދ. މަހިބަދޫއެވެ. މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިރަށަށް ކުރިދަތުރަށް މަހިބަދޫ ރަށުކައުންސިލުންގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކު، ވަނީ ހޫނުމަރުހަބާއެއް ކިޔާފައެވެ. މާވަށުކައުންސިލުން މަހިބަދޫއަށް ކުރި މިދަތުރުގައި އެކިމަސައްކަތްތައް ހިނގަމުންދާ ތަންތަނަށާއި، އެކިއެކި ޚިދުމަތް […]

މާވަށުގައި މަގުބައްތި ޖެހުމުގެ ޢަމަލީ މަސައްކަތްފެށިގެން ކުރިއަށް،

މާވަށު މަގުތަކުގައި ކައުންސިލުން ޖެހުމަށް ހަމަޖެހިފައިވާ މަގުބައްތި ޖެހުމުގެ މަސައްކަތް ފެށިގެން ކުރިޔަށް އެބަދެއެވެ. ފުރަތަމަ ފިޔަވަހީގައި އިސްކަމެއްދީގެން ބައްތިތައް ޖެހުމުގެ މަސައްކަތް ކުރިޔަށްދާނީ ރަށުގެ ހުރިހާ ބޮޑެތި މަގުތަކުގައެވެ. މިގޮތުން 100 ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި މިފެށޭ އާއަހަރުގެ ފުރަތަމަ ދުވަހުގައި މިބައްތިތައް ދިއްލާލެވޭނެ ވަރު ވާނެކަމަށް ލަފާކުރެވެއެވެ. މި މަސްރޫއުގެ ދަށުން މިހާރު ރަށުގެ ބޮޑުމަގުކަމަށްވާ “ރޯޝަނީމަގު”ގައި ޖަހާ ބައްތީގެބުޑުތައް ޖަހާތަން ކޮނެވި އަދި ބައެއް ބުޑުތަކުގެ ކޮންކްރިޓް މަސައްކަތް ވަނީ ނިމިފައެވެ. […]

ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ “16ޑޭސް އޮފް އެކްޓިވިޒަމް އެގެންސްޓް ޖެންޑަރ ބޭސްޑް ވަޔަލެންސް” ކެންޕޭނުގައި މާވަށު ކައުންސިލުގެ މުއައްޒަފުން ބައިވެރިވެ ޝުއޫރު ފާޅުކުރުން

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ “16ޑޭސް އޮފް އެކްޓިވިޒަމް އެގެންސްޓް ޖެންޑަރ ބޭސްޑް ވަޔަލެންސް” ކެންޕޭނުގައި މާވަށު ކައުންސިލުގެ މުއައްޒަފުން ބައިވެރިވެ ޝުއޫރު ފާޅުކޮއްފިއެވެ.