ޚަބަރު
މާވަށުގައި މަގުބައްތި ޖެހުމުގެ ޢަމަލީ މަސައްކަތްފެށިގެން ކުރިއަށް،
މާވަށު މަގުތަކުގައި ކައުންސިލުން ޖެހުމަށް ހަމަޖެހިފައިވާ މަގުބައްތި ޖެހުމުގެ މަސައްކަތް ފެށިގެން ކުރިޔަށް އެބަދެއެވެ. ފުރަތަމަ ފިޔަވަހީގައި އިސްކަމެއްދީގެން ބައްތިތައް ޖެހުމުގެ މަސައްކަތް ކުރިޔަށްދާނީ ރަށުގެ ހުރިހާ ބޮޑެތި މަގުތަކުގައެވެ. މިގޮތުން 100 ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި މިފެށޭ އާއަހަރުގެ ފުރަތަމަ ދުވަހުގައި މިބައްތިތައް ދިއްލާލެވޭނެ ވަރު ވާނެކަމަށް ލަފާކުރެވެއެވެ. މި މަސްރޫއުގެ ދަށުން މިހާރު ރަށުގެ ބޮޑުމަގުކަމަށްވާ “ރޯޝަނީމަގު”ގައި ޖަހާ ބައްތީގެބުޑުތައް ޖަހާތަން ކޮނެވި އަދި ބައެއް ބުޑުތަކުގެ ކޮންކްރިޓް މަސައްކަތް ވަނީ ނިމިފައެވެ. […]
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ “16ޑޭސް އޮފް އެކްޓިވިޒަމް އެގެންސްޓް ޖެންޑަރ ބޭސްޑް ވަޔަލެންސް” ކެންޕޭނުގައި މާވަށު ކައުންސިލުގެ މުއައްޒަފުން ބައިވެރިވެ ޝުއޫރު ފާޅުކޮއްފިއެވެ.
ކުނި ކޮށްޓަށް ދިއުމަށް ބޭނުންކުރާ މަގު، ދުއްވާތަކެތި ވަނުމަށް ދަތިވާތީ، ކައުންސިލާއި ކޮމެޓީ ގުޅިގެން އެ މަގު ސާފުކުރުމުގެ ގޮތުން ހިންގުނު ފުރަތަމަ ހަރަކާތް، 26 ނޮވެމްބަރ 2022 ވީ ހޮނިހިރު ދުވަހު ވަނީ ކުރިއަށް ގެންދެވިފައެވެ
ލާމަސީލު ލާމު އަތޮޅު ޤުރުއާން ކިޔެވުމުގެ 12 ވަނަ މުބާރާތާއި، އެސްޓީއޯ ލާމަސީލު ލާމު އިންޓަރ ސްކޫލް 3 ވަނަ ފުޓްބޯޅަ މުބާރާތުގައި މާވަށު ސްކޫލުން ބައިވެރިވެ ރަށަށް ރީތިނަން ހޯދައިދީފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ. މިހަފްލާގައި މާވަށް ފަޚުރުވެރިކޮށްދިން މި ދެ މުބާރާތުގައި ބައިވެރި ދަރިވަރުން، އޮފިޝަލުން، ބެލެނިވެރިން އަދި މާވަށު ސްކޫލަށް ކައުންސިލްގެ ފަރާތުން ހަނދާނީ ފިލާ ހަވާލުކޮށް ކައުންސިލުން، އެބޭފުޅުންގެ ޝަރަފުގައި ގޭގަނޑުގެ […]
މަސްޖިދު ބިލާލްގެ ލަކުޑިން ހަދާފައި ހުރިދޮރުތައް އެލްމެނިއަމް އަށް ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއިއެކު ނިއްމާލައިފި އެވެ. މި މސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ މި ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އިބުރާހިމް އަބޫބަކުރު އެވެ. އަދި މިސައްކަތުގައި ބިލާލު މިސްކިތުގެ މަސައްކަތު މުއައްޒަފުންގެ ތެރެއިން ގިނަ މުއައްޒަފުންތަކެއް ބައިވެރި ވިއެވެ
ހިޖުރީ 1444 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ފާހަގަކުރުން
ދިވެހިރާއްޖޭ ފަޚުރުވެރި ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުނަށް އަރިސްކުރަން!
ސެންސަސް2022، ގެ މަސައްކަތް ކާމިޔާބުކަމާއިއެކު މިއަދު ނިންމާލައިފި
ސެންސަސް2022، ގެ މަސައްކަތް ލ.މާވަށުގައި ކާމިޔާބުކަމާއިއެކު ވަނީ ނިންމާލެވިފައެވެ. މިހަރަކާތައް ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް އަދި ސެންސަސް ޓީމުގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތައް މާވަށު ކައުންސިލްގެ ފަރާތުން ނުހަނު އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ
ފުވައްމުލަކު އަންހެނުންގެ ތައްޤީއަށް މަސައްކަތް ކުރާކޮމިޓީއާއި، ސިޓީ ކައުންސިލްގެ މުވައްޒަފުން ހައްދުންމައްޗަށް ކުރައްވާ ދަތުރުގައި ހައްދުންމަތީ މާވަށު ކައުންސިލަށް ޒިޔާރަތް ކުރެއްވުން.
ކައުންސިލައް އަލަށް ގުޅިވަޑައިގަތް ފައިނޭންސް އޮފިސަރަށް މަރުހަބާ ކިޔުން
އަލްފާޟިލާ ޝަޒުނާ އިބްރާހީމް މާވަށް ކައުންސިލްގެ ފައިނޭންސް އޮފިސަރ ގެ މަޤާމަށް ހަމަޖެހުމާއި ގުޅިގެން ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މިއަދު އެކަން ފާހަގަކޮށް ވަނީ މަރްޙަބާ ދަންނަވާފައެވެ.
ނިޔަމި ސެޓިފިކޭޓް-2 ގެ ކޯސް ހިންގުން
މާވަށު ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ގުޅިގެން ހިންގުނު ނިޔަމި ސެޓިފިކޭޓް-2 ގެ ކޯސް، ޖުމްލަ 25 ބައިވެރިންނާއި އެކު މިރޭވަނީ ކާމިޔާބުކަމާއި އެކު ނިންމާލެވިފައި.