ފިތުރު ޢީދު ފުޓްސަލް އަދި ވޮލީ ފިއެސްޓާ 1444

ފިތުރު ޢީދު ފުޓްސަލް އަދި ވޮލީ ފިއެސްޓާ 1444 ހިންގާ ޤަވާއިދު ތިރީގައިވާ ލިންކްތަކުން ޑައުންލޯޑް ކުރެވޭނެއެވެ.

IULAAN

ޑައުންލޯޑް ކުރަށްވާ..!

ފިޠުރު ޢީދު ފުޓްސަލް ފިއެސްޓާ 1444 ހިންގާ ޤަވާޢިދު (ޑްރާފްޓް)

ފިޠުރު ޢީދު ވޮލީ ފިއެސްޓާ 1444 ހިންގާ ޤަވާޢިދު (ޑްރާފްޓް)

މުބާރާތުގެ ޤަވާޢިދަށް ގެންނަން ފެންނަ ބަދަލެއް ނުވަތަ ޚިޔާލެއް އޮތްނަމަ ތިރީގައިވާ ގޫގަލްފޯމް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ. ހިޔާލު ހުށަހެޅޭނެ އެންމެ ފަހުތާރީހަކީ 30 މާރިޗު 2023 ވާ ބުރާސްފަތި  ދުވަހު 14:00 އަށެވެ.

ޤަވާޢިދަށް ހިޔާލުހުށަހަޅާ ފޯމް

'' ފިތުރު ޢީދު ފުޓްސަލް އަދި ވޮލީ ފިއެސްޓާ 1444 ''

ތަފްސީލް:

'' ފިތުރު ޢީދު ފުޓްސަލް އަދި ވޮލީ ފިއެސްޓާ 1444 '' ނަމުގައި، މާވަށު ޒުވާނުންނަށް ޚާއްޞަކޮށްގެން އީދު ބަންދުގައި ކުޅިވަރު މަބާރާތްތަކެއް ހިންގުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

އަމާޒުކުރެވޭ ފަރާތްތައް:

     މިމުބާރާތް އަމާޒުކުރެވިފައިވަނީ މާވަށު ޒުވާނުންނަށް ކަމަށް ވުމާއިއެކު މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓުގައި ހިމަނަންވާނީ ހަމައެކަނި މާވަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. މާވަށު ކުޅުންތެރިން ކަމުގައި ބަލާނީ، ޓީމް ބައިވެރިކުރާއިރު އެމީހަކީ މާވަށު ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއް، ރައްވެހިވެފައިވާ ފަރާތެއްގެ ދަރިއެއް، ރައްވެހިވެފައިވާ ފަރާތެއްގެ ފިރެއެއް/އަނތްބެއް ނަމައެވެ.

     ނޯޓް: ފްޓްސަލް މުބާރާތް އަމާޒު ކުރެވިފައިވަނީ ހަމައެކަނި ފިރިހެން ބޭފުޅުންނަށެވެ. ވޮލީ މުބާރާތް އަމާޒުކުރެވިފިފައި ވަނީ ހަމައެކަނި ކަނބަލުން ނަށެވެ.

މުބާރާތުގެ ޤަވާއިދު:

     މި އިއުލާނާއެކު މި މުބާރާތުގެ ހިންގާ ގަވާއިދު (ޑްރާފްޓް) ކޮމެންޓަށް މިވަނީ ހުޅުވާލެވިފައެވެ. ވީމާ އެއްވެސް ކޮމެންޓެއްވާނަމަ މި އިއުލާނާއެކު މިވާ ގޫގަލްފޯމް މެދުވެރިކޮށް، 30 މާރިޗު 2023 ގެ ކުރިން ކޮމެންޓް ހުށަހެޅުން އެދެމެވެ. މުބާރާތުގެ ހިންގާ ގަވާއިދުގެ ފައިނަލް 01 އޭޕްރީލް 2023 ގައި އާންމުކުރެވޭނެއެވެ.

މުބާރާތުގައި ބައިވެރިވުން:

     މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 02 އޭޕްރީލް 2023 ވަނަ ދުވަހުންފެށިގެން މާވަށު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށައެޅުމުގެ އެންމެ ފަހުތާރީހަކީ 13  އޭޕްރިލް 2023 ވަނަ ދުވަހުގެ 13:00 އެވެ.

މުބާރާތް ފަށާތާރީހް:

     ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 21 އޭޕްރިލް 2023 ވާ ހުކުރު ( 1444 ވަނައަހަރުގެ ފިތުރުޢީދު) ދުވަހުގައެވެ. ފުޓްސަލް މުބާރާތް ނިމުމުން ވޮލީ މުބާރާތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.