ކައުންސިލުން މާވަށު ސުކޫލުގެ އިސްވެރިންނާއެކު ބައްދަލުން
21-01-2025

ކައުންސިލްގެ މަސައްކަތު ތާވަލްގައި ސުކޫލާއި ގުޅިގެން ހިންގުމަށް ރާއްވަވާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މާވަށު ސުކޫލުގެ އިސްވެރިންނާއެކު ބައްދަލުން. މިއަހަރުގެ މަސައްކަތު ތާވަލްގައި ސުކޫލާ ގުޅުންހުރި ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި، މާވަށު ސުކޫލުގެ އޮފީސް އިމާރާތާއި ސްޓާފް ރޫމް އިމާރާތް ބްރިޖަކުން ގުޅުވާލުމާއި ، ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި، ސްކޫލް ލީޑަރުންނަށް ވާހަކަދެއްކުމުގެ ތަމްރީން ދިނުމާއި ، ދިވެހިބަހުގެ އަދަބީ ފޯވަހި / އަދަބީ މުބާރާތްތަކެއް ބޭއްވުމާއި ، ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުދަސްކޮށްދިނުމަށް ތަމްރީނު ޕްރޮގްރާމް ހިންގުމާއި، ބެސްޓް އޯލްރައުންޑް ހޯދާ ދަރިވަރަށް އިނާމްދިނުން ފަދަ ކަންކަން ހިމެނޭ


