ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން އދ.މަހިބަދޫ، ދަނގެތި، ދިގުރަށަށް ކުރި ތަޖުރިބާ ދަތުރު ( އ.ދ ދިގުރަށް)



ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިމަހު 23 އިން 24 އަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ، ދަނގެތި އަދި ދިގުރަށަށް ކުރި ތަޖުރިބާ ދަތުރުގެ ފަހުމަންޒިލެއްގެ ގޮތުގައި 24 ވަނަދުވަހު ހެނދުނު ދަތުރުކުރީ ދިގުރަށަށެވެ. މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިރަށަށް ކުރިދަތުރަށް ދިގުރަށުގެ ރަށުކައުންސިލާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން، މާވަށުކައުންސިލްގެ ޓީމަށް ވަނީ ހޫނުމަރުހަބާއެއް ކިޔާފައެވެ.

ދިގުރަށުކައުންސިލުގެ ބައްދަލުވުން

ދެން ކުރިޔަށްދިޔައީ ދިގުރަށުކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީއާއެކު ދަތުރުގެ ބައިވެރިންނާއެކު ދިގުރަށުކައުންސިލްއިދާރާގައި ބޭއްވި ހާއްސަ ބައްދަލުވުމެވެ.

މިބައްދަލުވުމުގައި ފުރަތަމަ ކަމެއްގެގޮތުގައި މާވަށުކައުންސިލްގެ ރައީސްވަނީ ދެކައުންސިލްގެ ދެމެދުގައި އޮތްގުޅުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އަދި މާވަށުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި ދިގުރަށުކައުންސިލްގެ ޓީމްވޯރކު އޮތްގޮތާއި، ޓީމްވޯރކެއް ބިނާކުރުމައް ދިގުރަށުކައުންސިލުން ގެންގުޅޭ އުސޫލުތައް އޮޅުންފިލުވިއެވެ.

މިބައްދަލުވުމުގައި ދިގުރަށާއި ބެހޭ އެކިއެކި މަޢުލޫމާތު، ދިގުރަށުގެ ޓީމުން ވަރަށް ތަފުޞީލުކޮށް މާވަށުކައުންސިލާއި ހިއްސާކޮށްދެއްވިއެވެ. މިގޮތުން ފާހަގަކޮށްލެވޭކަންތައްތަކަށް ބަލާއިރު ލޯކަލްޓޫރިޒަމް ފުޅާކުރުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކާއި، ރަށުގެ އިޖުތިމާޢީ ސަރަހައްދު ސާފުކޮށްބެލެހެއްޓުމުގައި މަސައްކަތް ކުރާގޮތާއި، ކުނިމެނޭޖުކުރާގޮތާއި، ގުޅޭގޮތުން މަޢުލޫމާތު، މާވަށުކައުންސިލާއި ހިއްސާކުރެއްވިއެވެ. ދިވެހި ސަޤާފަތް ދިރުވުމުށަޓަކައި، ދިގުރަށުކައުންސިލުން ރަށުގެގެސްޓުހައުސްތައް ރަށުގެ ޓްރީލެވަލްއަށްވުރެ މައްޗަށް ޢިމާރަތްކުރުން މަނާކޮށްފައިއޮތްއޮތުން ފާހަގަކުރެވެއެވެ.

ދިގުރަށުކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީއާއެކު ދަތުރުގެ ބައިވެރިން ދިގުރަށުކައުންސިލްއިދާރާގައި ބޭއްވި މި ބައްދަލުވުމަށްފަހު ރަށުގެ މުހިއްމުތަންތަނަށް ވަނީ ދަތުރުކުރެވިފައެވެ. މިގޮތުން ދިގުރަށުގެ ތުނޑިޔާއި، ކުނިމެނޭޖުކުރާސަރަޙައްދު ފާހަގަކުރެވެއެވެ.

ދިގުރަށުކައުންސިލުން ތައްޔާރުކޮށްދެއްވި މެންދުރުގެ ޙާއްސަ ފަރިއްކޮޅަށްފަހު، 14:30 ގައި ދިގުރަށުންފުރައި، މާވަށުކައުންސިލުން އ.ދ އަތޮޅަށް ކުރިތަޖުރިބާދަތުރު ކާމިޔާބުކަމާއެކު ވަނީ ނިންމާލެވިފައެވެ.